ސްޕެއިންގެ މެޑްރިޑްގައި ބާރުގަދަ ގޮވުމެއް ގޮވައި މަރުވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.
މެޑްރިޑްގެ އިމަޖެންސީ ސާވިސް އިން ކުރިޔަށް ގެންދިޔަ ތަހުގީގުން ހާމަވެފައިވަނީ ގޮވުން ގޮވާފައިވަނީ އިމާރާތެއްގައި ގޭސް ލީކުވެގެން ކަމަށެވެ.
މެޑްރިޑްގެ ޓޮލެޑޯ ސްޓްރީޓްގައި ހުރި އެއިމާރާތުގައި ގޭސް ލީކުވެ ގޮވި ގޮވުމުގައި އަށް މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ފޮޓޯތަކުން ފެންނަގޮތުން އިމާރާތުގައި ގޮވި ގޮވުމާއެކު އިމާރާތުގެ ބޮޑު ބައެއް ވަނީ ފުނޑުފުނޑު ވެފައެވެ. އިމާރާތުން ބުރައިގެން ދިޔަ ގާތަކާއި ދަގަނޑު ތަކުން ޖެހި ކައިރީގައިހުރި އިމާރާތްތަކާއި އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކަށް ވެސް ބޮޑެތި ގެއްލުންތަކެއްވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އިމާރާތުގެ ހަތަރު ބުރިއެއް އެއްކޮށް ފުނޑުފުނޑުވެފައިވާކަމަށް މެޑްރިޑްގެ ފުލުހުންނާ ހަވާލާދީ ސްޕެއިންގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ