ކ. ތިލަފުށީ ބަނދަރު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓިސީސީން ބުނީ މި މަޝްރޫއުގެ ދަށުން، ވޯކްޝޮޕް އިމާރާތާއި، ސިވިލް އަދި ދަނގަޑު މަސައްކަތް ކުރުމަށް ގާއިމުކުރާ އެޑްމިނިސްޓްރޭޓިވް އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
އޭގެ އިތުރުން ދުއްވާ ސަރަހައްދު ގާއިމުކުރުމަށްޓަކައި ބޭނުންވާ ހޮޅިވަޅުލުމާއި ކޮންކްރީޓް މަސައްކަތްތައްވެސް ހަލުވި މިނެއްގައި ކުރިއަށްދާ ކަމަށް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، އެޑްމިނިސްޓްރޭޓިވް އިމާރާތެއް އެޅުމާއި، ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި، ފެން ރައްކާކުރާ ތަނެއް ގާއިމުކުރުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ވެހިކަލް ޕާކް ކުރާ ތަނެއް ގާއިމުކުރުމާއި، ވޯކްޝޮޕް އިމާރާތެއް އެޅުމާއި، ފިއުލް ޓޭންކް ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު