ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ޖަރުމަނުން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެ އެވެ. މި އާ ވޭރިއެންޓް ފެނިފައިވަނީ އެގައުމުގެ ބަވަރިއާ ސްޓޭޓުންނެވެ.
ޖަރުމަނުގެ ސިއްހީ އޮފިޝަލުން ވަނީ އެގައުމުން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓުގެ ތަހުގީގުތައް ފަށާފައިވާކަމަށް ބުނެފައެވެ.
ޖަރުމަނުން ވަނީ އާ ވޭރިއަންޓް ޖެހިފައިވާ 35 މީހުން މިހާތަނަށް ހޯދިފައިވާކަމަށް ބުނެފައެވެ.
ދުނިޔޭގެ އެކި ގައުުތަކުން ކޮވިޑްގެ އާ ވޭރިއަންޓްތައް ފެންނަމުންދާއިރު މިހާތަނަށް އެންމެ ނުރައްކާކަމަށް ބެލެވިފައިވަނީ ޔޫކޭއާއި އެފްރިކާއިން ފެނިފައިވާ އާ ވޭރިއަންޓެވެ. ޖަރުމަނުން ފެނިފައިވާ ވޭރިއަންޓާއި ކުރިން ޔޫކޭއާއި އެފްރިކާއިން ފެނިފައިވާ ވޭރިއަންޓާ ތަފާތު ކަމަށް އެގައުމުތަކުގެ އޮފިޝަލުން ބުނެއެވެ.
ޖަރުމަނުން ފެނިފައިވާ ވޭރިއަންޓްގެ ނުރައްކާ މިންވަރު ނުވަތަ ފެތުރޭ ނިސްބަތް އަދި ހޯދިފައި ނުވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ