މުޅި ވިލިމާލެއިން ކަރަންޓު ކެނޑުނުތާ މައްސަލަ ހައްލުކޮށް އަލުން ހިދުމަތް ދޭން ފަށައިފިއެވެ.
ވިލިމާލެއިން ކަރަންޓު ކެނޑިފައިވަނީ މިރޭ 11:30 ހާއިރުއެވެ. ސްޓެލްކޯއިންވެސް ވަނީ ވިލިމާލެއިން ކަރަންޓް ކެނޑިފައިވާކަން ކަށަވަރުކޮށްދީފައެވެ.
ސްޓެލްކޯއިން ކުރި ޓުވީޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި ވިލިމާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
ވިލިމާލެއިން ކަރަންޓު ކެނޑުމުން މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތްކޮށް، މިރޭ 12:43ގައި އަލުން ހިދުމަތް ދޭން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ކަރަންޓު ކެނޑުމާ ގުޅިގެން ސްޓެލްކޯ އިން ވަނީ ދިމާވި ދަތިތަކަކަށް މައާފަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު