އެމެރިކާގެ ކެލިފޯނިއާގައި ކުރިޔަށްދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އެގައުމުން އުފައްދާފައިވާ ވެކްސިން މޮޑާނާ ޖެހުން ހުއްޓުވައިފި އެވެ.

މޮޑާނާ ވެކްސިން ޖެހުން ހުއްޓުވާފައިވަނީ ވެކްސިންގެ ސަބަބުން ގިނަ ބަޔަކަށް އެލާޖިކްގެ އުނދަގޫ ދިމާވެ ގިނަބައެއްގެ ޝަކުވާތައް އަންނަން ފެށުމުން އެމައްސަލަ ތަހުގީގު ކޮށް ނިމެންދެން ކަމަށް އޮފިޝަލުން ބުނެއެވެ.

ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ތަރުޖަމާނު ވަނީ ތިން ލައްކައަށް ވުރެން ގިނަ ވެކްސިން ޑޯޒް އެ ސިޓީގެ އެކި ހިސާބުތަކަށް ފޮނުވައި 10 ހާހަށްވުރެން ގިނަ މީހުންނަށް މިހާތަނަށް މޮޑާނާ ވެކްސިން ދީފައިވާ ކަމަށް ބުނެފައެވެ.

ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ވަނީ އެ ސިޓީގެ ސެންޑިއޭގޯގެ ކްލިނިކަކުން ވެކްސިން ހޯދި ގިނަބަޔަކަށް އެލާޖިކްގެ އަސަރު ހުރިކަމަށް ރިޕޯޓް ލިބުމާއެކު އެ ސިޓީގެ ހުރިހާ ސަރަހައްދަކުން މޮޑާނާ ވެކްސިން ޖެހުން ހުއްޓުވާފައިވާކަމަށް ބުނެފައެވެ. އަދި މިހާތަނަށް ވެކްސިން ދީފައިވާ ފަރާތްތަކުގެ ހާލުބަލަން ފަށާފައިވާކަމަށް ސީޑީޕީއެޗުން ބުނެއެވެ.

މޮޑާނާއިން ވަނީ ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ އޮފިޝަލުންނާ ގުޅިގެން ތަހުގީގު ވެސް ފަށާފައިވާކަމަށް ބުނެފައެވެ.