ދުނިޔެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވަފައިވާ އެމެރިކާއިން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެއެވެ.
އެމެރިކާގެ ކެލިފޯނިއާއިން ފެނިފައިވާ ކޮވިޑްގެ އާ ވޭރިއަންޓަކީ މިދިޔަ އަހަރުގެ މާޗް މަހުގައި ޑެންމާކުން ފެނިފައިވާ އެލް452އާރް ވޭރިއަންޓް ކަމަށް ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުން ވަނީ ބުނެފައެވެ.
ކެލިފޯނިއާ އިން ފެނިފައިވާ ވޭރިއަންޓާއި ޔޫކޭ އިން ފެނިފައިވާ ވޭރިއަންޓު ތަފާތުކަމަށްވެސް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ އާ ވޭރިއަންޓް ފެނިފައިވަނީ ކެލިފޯނިއާގެ ކޭސްތައް ބޮޑުތަނުން އިތުރުވެ ކޮންޓްރޯލުން ނަައްޓާފައިވުމާއެކު ވޭރިއަންޓް ރަނގަޅަށް ތަހުގީގު ކުރަން ޖެހޭކަމަށް ބުނެފައެވެ.
ކެލިފޯނިއާގެ ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ މާހިރެއް ވަނީ އެސިޓީން ފެނިފައިވާ ވޭރިއަންޓަށް ބަދަލު އަންނަމުންދާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.
އާ ވޭރިއަންޓުގެ ކޭސްތައް ކެލިފޯނިއާގެ އިތުރުން އެހެން ސިޓީތަކުން ވެސް ވަނީ ފެންނަން ފަށާފައެވެ.
އެމެރިކާގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ ކެލިފޯނިއާއިން މިހާތަނަށް 3.01 މިލިއަން ކޭސް ވަނީ ފެނިފައެވެ. އެސިޓީ އިން 33،593 މީހުން ބަލިޖެހިގެން މަރުވެފައިވާކަމަށް ރެކޯޑް ތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ