ޚަބަރު

15 އަހަރުގެ ކުއްޖަކު ގްރޫމްކޮށް، ޖިންސީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފި

އަލީ އަފާފު ރަމީޒު

މެދު އުތުރު އަތޮޅުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކު ގްރޫމްކޮށް، ޖިންސީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މެދު އުތުރު އަތޮޅުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކާމެދު ޖިންސީ އަމަލު ހިންގައި، ޖިންސީ އަމަލު ހިންގުމަށް ގްރޫމްކުރި މައްސަލައެއް މިދިޔަ ހުކުރު ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މިއަދު 23 އަހަރުގެ ފިރިހެނަކާއި 26 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖާ ގްރޫމްކޮށް، ޖިންސީ އަމަލު ހިންގީ އެރަށުގެ ސްޕޯޓްސް ކައުންސިލަރާއި ސްޓެލްކޯގައި މަސައްކަތް ކުރާ ފަރާތެކެވެ.