މުނިފޫހިފިލުވުން

ބައްޕަ ރަންދީރް ކަޕޫރާއި ދައްތަ ކަރިޝްމާ ކަޕޫރް ކަރީނާއާ ބައްދަލުކުރުމަށް އޭނާގެ އާ ގެއަށް

1

ދެވަނަ ދަރިފުޅަކަށް ބަލިވެ އިން އިރު، ކަރީނާ ކަޕޫރާއި ފިރިމީހާ ސައިފް އަލީ ހާން އަދި އެ ދެމަފިރީންގެ ދަރިފުޅު ޓައިމޫރު ދާދި ފަހުން ވަނީ އާ ގެޔަކަށް ބަދަލުވެފަ އެވެ.

ކަރީނާ އާގެޔަކަށް ބަދަލުވެފައި ވާއިރު، ރަންދީރް ކަޕޫރާއި ކަރިޝްމާ ކަޕޫރް އެގެޔަށް ޒިޔާރަތް ކޮށް ނަގާފައިވާ ފޮޓޯތަކާ އެކު އެ ހަބަރު ވަނީ ބޮލީވުޑްގެ ހަބަރުތައް ކަވަރު ކުރާ ނޫސްތަކުގެ ބޮޑު ސުރުހީން ޖާގަ ހޯދައިފަ އެވެ. ކަޕޫރް އާއިލާއަކީ ބޮލީވުޑްގެ އެންމެ ދުވަސްވީ އަދި އާއިލީ ގޮތުން އެންމެ ގުޅުން ރަނގަޅު އެއް އާއިލާ އެވެ. އެ އާއިލާއަށް ބޮލީވުޑުގައި ލިބިފައިވާ ގަދަރާއި އިހުތިރާމް ބޮޑެވެ.

ރަންދީރް ކަޕޫރަކީ ކަރިޝްމާ އަދި ކަރީނާގެ ވެސް ބައްޕަ އެވެ. ކަރީނާގެ އާ ގެޔަށް ޒިޔާރަތް ކުރުމަށް ފަހު، ކަރިޝްމާ ވަނީ ކަރީނާއާ އެކު ނަގާފައިވާ ރީތި ފޮޓޯއެއް ސޯޝިއަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ފޮޓޯ ނަގާފައި ވަނީ ކަރީނާގެ އާ ގޭގެ އައުޓްޑޯގަ އެވެ. އާ ގޭގެ އައުޓްޑޯ ސަރަހައްދުގެ ހިތްގައިމުކަން މި ފޮޓޯއިން ފެނިގެން ދެއެވެ.

ކަރިޝްމާ އާއި ރަންދީރް ކަރީނާގެ އާ ގެޔަށް ޒިޔާރަތްކޮށްފައި ވަނީ މާސްކް އަޅައިގެންނެވެ.

ކަރީނާގެ އިންޓީރިއާ ޑިޒައިނަރު ދާދި ފަހުން ބުނެފައިވާ ގޮތުގައި، އާ ގޭގައި ޖާގަ ވަރަށް ބޮޑަށް ވެސް ތަނަވަސް ވާނެ އެވެ. މި ގޭގައި ބޮޑު ޓެރަހެއްގެ އިތުރުން ސްވިމިންޕޫލެއް ވެސް އޮންނާނެ ކަމަށް އިންޓީރިއާ ޑިޒައިނަރު ބުނެފައި ވެއެވެ.