ކޮވިިޑްގެ ކޭސްތައް އިތުރުވާން ފެށުމާއެކު ޗައިނާއިން ފަސް ދުވަސްތެރޭ ބޮޑު ހޮސްޕިޓަލެއް އިމާރާތްކޮށްފިއެވެ.
ބެއިޖިންގެ ދެކުނުން ހެބެއި ޕްރޮވިންސްގެ ނަންގޮންގް ގައި އިމާރާތްކޮށްފައިވާ ކޮވިޑް ހޮސްޕިޓަލުގައި 15000 ކޮޓަރި ހުރެއެވެ.
އެ ހޮސްޕިޓަލަކީ އެޕްރޮވިންސްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހަ ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓާ ކަމަށް ޗައިނާގެ ޒިންހުއާއިން ބުނެއެވެ.
ނަންގޮންގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހަ ހޮސްޕިޓާ ނިމޭއިރު ޖުމުލަ 6500 ކޮޓަރި ހުންނާނެކަމަށް ޒިންހުއާއިން މައުލޫމާތުދެއެވެ.
ޗައިނާގެ ހެބެއި ޕްރޮވިންސުން ގިނަ ކޭސްތަކެއް ފެންނަން ފަށާފައިވާއިރު އެޕްރޮވިންސް ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. މިހާތަނަށް 645 ކޭސް ފެނިފައިވާއިރު އެޕްރޮވިންސްގެ 10 މިލިއަން މީހުން ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ