އިންޑޮނޭޝިއާ އަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 67 އަށް އަރައިފިއެވެ.
އިންޑޮނޭޝިއާގެ ސުލަވެސި އައިލެންޑަށް އައި 6.2 މެގްނިޓިއުޑްގެ ބިންހެލުމުގައި 67 މީހުން މިހާތަނަށް މަރުވެފައިވާއިރު އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާކަމަށް އިންޑޮނޭޝިއާގެ ރެޑް ކްރޮސް އެންޑް ރެޑް ކްރެސަންޓް އިން ބުނެފައި ވެއެވެ.
ބިންހެލުމުގައި ގިނަ އިމާރާތްތަކެއް ބިމާ ހަމަވެ، އިމާރާތްތަކުގެ ދަށުގައި ގިނަ ބަޔަކު ތާށިވެފައިވާއިރު މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ބިންހެލުން އައިސްފައިވަނީ އިން އިންޑޮނޭޝިއާގެ ހުޅަނގަށް އޮންނަ ސުލަވެސީއާ ހަ ކިލޯމީޓަރު ދުރަށް، 10 މީޓަރު އަޑިއަށެވެ.
ސުލަވެސީގެ މަމުޖުގެ އިތުރުން މަޖީން ސިޓީގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، ރެސްކިއު ޓީމުތަކުން އަންނަނީ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ