އެމެރިކާއިން އޮސްޓްރޭލިއާ އަށް ދަތުރުކުރި ކޮތަރެއް މެރުމުގެ މަސައްކަތް އޮސްޓްރޭލިއާއިން ފަށައިފިއެވެ.
އެމެރިކާގެ އޮރިގޮން ސްޓޭޓުން 8000 މޭލުގެ ދަތުރަކަށްފަހު އެކޮތަރު އޮސްޓްރޭލިއާ އަށް އެތެރެވެފައިވާއިރު، އެ ކޮތަރަކީ އޮސްޓްރޭލިއާގެ ގަވާއިދުތަކާ ހިލާފަށް އެގައުމަށް އެތެރެވެފައިވާ ކޮތަރެއްކަމަށް އޮސްޓްރޭލިއާގެ އޮފިޝަލުން ބުނެއެވެ.
ކޮތަރު ފުރަތަމަ ގެއްލިފައިވަނީ އެމެރިކާގެ އޮރިގޮންގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 29 ވަނަ ދުވަހު ބޭއްވި ރޭހެއްގެ ތެރެއިން ނެވެ.
އޮސްޓްރޭލިއާގެ މެލްބަންގެ އާންމުންގެ މީހަކަށް ފުރަތަމަ ކޮތަރު ފެނުމާއެކު އޭނާ ވަނީ އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.
އެކޮތަރަކީ ކަރަންޓީނު ގަވާއިދާ ހިލާފު ވެފައިވާ ކޮތަރެއްކަމަށް ބުނެ ކަމާބެހޭ ފަރާތުން ވަނީ ކޮތަރު ހިފުމަށް އަންގާފައެވެ. އޭގެ ސަބަބެއްކަމުގައި ބެލެވެނީ ދޫނިން ޖެހޭ ބައްޔެއްގެ ނުރައްކަލުން ސަލާމަތްވުމެވެ.
އެ ކޮތަރު ހިފުމުގެ މަސައްކަތް ކުރި ނަމަވެސް ކޮތަރު ވަނީ ފިލާފައެވެ. މެލްބަންގެ ކަރަންޓީނު އޮފިޝަލުން ވަނީ ކޮތަރު ހޯދުމަށް އެކަމުގެ މާހިރުންނާ ހަވާލުކޮށްފައެވެ.