ކުނި ނައްތާލުމުގެ ތެރެއިން ތަކުރާރުކޮށް ތިލަފުށީ ފަޅަށް ކުނި އެޅި މައްސަލައިގައި ވެމްކޯ ޖޫރިމަނާކުރި މައްސަލައިގައި އެކުންފުނިން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ ބައްދަލުކުރަން ނިންމައިފިއެވެ.
އީޕީއޭ އިން ވެމްކޯ ޖޫރިމަނާކޮށްފައިވަނީ ވެމްކޯގެ އުޅަނދަކުން ތިލަފުށީ ފަޅުތެރެއަށް ކުނި އެޅުމާ ގުޅިގެން މައްސަލަ ބެލުމަށްފަހު ވެމްކޯގެ ކުނި އުފުލާ އުޅަނދުފަހަރުން މޫދަށާއި ފަޅުތެރެއަށް ކުނި އަޅާފައިވާތީ އާއި ކުނި އުފުލުމުގެ މަސައްކަތް ކުރުމުގެ ތެރޭގައި މޫދަށް ކުނި އެޅުމަށް މަގުފަހިވާގޮތަށް އަމަލުކުރަމުންދިއުމާ ގުޅިގެން، އެކަންކަން އިސްލާހުކުރުމަށް ތަކުރާރުކޮށް އަންގައިފައިވަނިކޮށް އިސްލާހުކޮށްފައިނުވާތީއެވެ.
ވެމްކޯ ޖޫރިމަނާކޮށްފައިވަނީ ތިމާވެއްޓާ ބެހޭ ގާނޫނު 493 ގެ ދަށުން 1.1 މިލިއަން ރުފިޔާއަށެވެ. އަދި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އީޕީއޭ އިން ވަނީ ވެމްކޯއަށް އަންގައިފައެވެ.
އެކަމާ ގުޅިގެން ވެމްކޯ އިން ބުނީ އެ މައްސަލައާ ގުޅިގެން އެކުންފުނިން އީޕީއޭއާ އަންނަ އާދިއްތަ ދުވަހު ބައްދަލުކޮށް މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަޝްވަރާތަކަށްފަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އިތުރު ތަފްސީލުތައް ދޭނެ ކަމަށެވެ.
މިއީ އީޕީއޭ އިން ބޮޑު އަދަދަކުން ވެމްކޯ ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު