ކޮވިޑް ޖެހޭ މީހުންގެ ހަށިގަނޑުގައި ފަސް މަސްދުވަހަށް އިމިއުނިޓީ ހިފަހައްޓާ ކަމަށް ޔޫކޭގައި ހެދި ދިރާސާ އަކުން ދައްކައިފިއެވެ.
ޕަބްލިކް ހެލްތު އިންގްލެންޑުން ހަދާފައިވާ އެ ދިރާސާއިން ވަނީ ކޮވިޑް ޖެހޭ މީހުންގެ ތެރެއިން ގިނަ ބައެއްގެ ހަށިގަނޑުގައި ކޮވިޑު އަލުން ނުޖެހުމަށް އެހީތެރިވެދޭ އިމިއުނިޓީ ފަސް މަހަށް ދެމިގެން ދާކަމަށް ދައްކައިފައެވެ.
ދިރާސާއިން ވަނީ ކޮވިޑް އަލުން ޖެހުމުގެ ފުރުސަތު 83 އިންސައްތަ ދަށް ކަމަށް ޔަގީން ވެފައިވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް ބައެއް މީހުންގެ ދިފާއީ ނިޒާމު މަސައްކަތް ކުރާ ނިސްބަތުން އެ މީހުންނަށް އަވަހަށް ކޮވިޑް ޖެހުމުގެ ފުރުސަތު އޮތްކަމަށް ވެސް މި ދިރާސާއިން ވަނީ ދައްކައިފައެވެ.
ދިރާސާ ޓީމުން ވަނީ ކޮވިޑްގެ ވެކްސިން ލިބިފައިވާ މީހުންގެ ހަށިގަނޑުގައި އިމިއުނިޓީ މަސައްކަތްކުރާ ގޮތް އަދި ބުނަން ނޭނގޭ ކަމަށާއި، ވެކްސިން މަސައްކަތް ކުރާ ރޭޓް އެނގޭނީ މިއަހަރުގެ ފަހުކޮޅުކަމަށް ބުނެފައެވެ.
ކޮވިޑުގެ އިމުނިޓީއާ ގުޅޭ ގޮތުންވެސް އެތައް ދިރާސާތަކެއް ކުރަމުން އަންނަ އިރު، އެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި އިމިއުނިޓީ ގިނަ މަސްތަކެއް ވާންދެން ހަށިގަނޑުގައި ދެމިހުރެ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ