ޑަބްލިއުއެޗްއޯގެ ތަހުގީގު ޓީމު ޗައިނާ އަށް އެތެރެވެއްޖެއެވެ.
ބައިނަލްއަގުވާމީ ސައިންސުވެއިންނާއެކު ޑަބްލިއުއެޗްއޯގެ ޓީމު ވަނީ ޗައިނާގެ ވުހާން އަށް އެތެރެވެފައިކަމަށް ޗައިނާގެ ގައުމީ ޓީވީން ވަނީ ބުނެފައެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން މަސައްކަތް ފެށުމުގެ ކުރިން ދެހަފްތާގެ ކަރަންޓީނެއް ފުރިހަމަ ކުރާނެއެވެ. މިމަހުގެ ކުރީކޮޅު ޗައިނާ އަށް އެތެރެވުމަށް މަސައްކަތް ކުރުމުން ޗައިނާ އިން ފުރިހަމަ ކުރަން ޖެހޭ ވިސާގެ ކަންކަން ފުރިހަމަ ނުވުމުން ވަނީ އެތެރެ ނުވެވިފައެވެ.
ޑަބްލިއުއެޗްއޯގެ ޓީމުން ޗައިނާގައި ކުރިޔަށްގެންދާ ތަހުގީގުގައި އެގައުމުން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނިފައިވާ ކޮވިޑްގެ ކޭސްތައް ފެންނަން މެދުވެރިވި ސަބަބުތަކާއި ކޮވިޑް-19 އުފެދެން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ކުރާނެއެވެ.
ކަރަންޓީނަށްފަހު ޑަބްލިއުއެޗްއޯގެ ޓިމުން ޗައިނާގެ ކަމާބެހޭ އިދާރާތަކާއި ހޮސްޕިޓަލުތަކުގެ އިތުރުން ވުހާންއިން ފުރަތަމަ ކޮވިޑްގެ ވައިރަސް ފެނުނު ސީފުޑް މާރުކޭޓަށްވެސް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.