ލަންކާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 50،000 އިން މައްޗަށް އަރައިފިއެވެ.
ލަންކާގައި ކޮވިޑް ފެތުރުން ނުހުއްޓި އެ ގައުމުގެ ގިނަ ސަރަހައްދު ތަކަކަށް ބަލި ފެތުރިފައިވާއިރު، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެކަނިވެސް އެގައުމުން ވަނީ 588 ޕޮޒިޓިވް ކޭސް ފެނިފައެވެ.
ލަންކާއި މިހާތަނަށް 247 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް އެގައުމުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ހާމަކޮށްފައިވެއެވެ.
ކޮވިޑް ޖެހުނު މީހުންގެ އަދަދު 50،229 އަށް އަރާފައިވާއިރު އިއްޔެ ލަންކާއިން ވަނީ ޔޫކޭގެ އިތުރުން އެފްރިކާގެ ގައުމުތަކުން ފެންނަން ފަށާފައިވާ ކޮވިޑްގެ އާ ވޭރިއަންޓް ވެސް ފެނިފައެވެ.
ކޮވިޑްގެ ފުރަތަމަ ކޭސް ލަންކާއިން ފެނިފައިވަނީ އެގައުމަށް ޔޫކޭ އިން އެތެރެވި މީހެއްގެ ފުށުންނެވެ. އެމީހާ މިހާރު ހުރީ ކަރަންޓީނުގައިކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ލަންކާއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 43،267 އަށް އަރާފައިކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ