ލުބުނާންގެ ކޮވިޑްގެ ހާލަތު ގޯސްވެ ސިއްހީ ނިޒާމަށް ނުތަކާވަރުވެ ގައުމު ހުއްޓުމަކަށް އައިސްފިއެވެ.
ލުބުނާނުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިދިޔަ ހަފްތާއިން ފެށިގެން އެގައުމުގައި ވަނީ 25 ދުވަހުގެ ލޮކްޑައުންއެއް އިއުލާނު ކޮށްފައެވެ.
ލުބުނާނުގެ ސިއްހީ ނިޒާމަށް ބާރުބޮޑުވެފައިވާއިރު އެގައުމުގެ އައިސީޔޫތައް ވެސް ފުރިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ލުބުނާނުގެ ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 11 ދުވަހުގެ މުއްދަތަކަށް 24 ގަޑިއިރު ވަންދެން ގައުމުގައި ކާފިއު ހިންގަން ވެސް ނިންމާފައެވެ. މިއަދުން ފެށިގެން ހިންގުމަށް ހަމަޖެހިފައިވާ އެ ކާފިއުގައި އަވަށްޓެރި ގައުމުތަކުން އެގައުމަށް އެތެރެވާ މީހުންނަށް ހަރުކަށި ގަވާއިދުތަކެއް އެކުލަވާލައި އަމަލުކުރަން ފެށުމަށް ވަނީ ނިންމާފައެވެ.
ލުބުނާނުގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މަގުތަކަށް ނިކުމެ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ލުބުނާނުން މިހާތަނަށް 227،000 އަށް ވުރެން ގިނަ ކޭސް ފެނިފައިވާއިރު އެގައުމުން ވަނީ ކޮވިޑް ޖެހިގެން 1705 މީހުން މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ