އިނގިރޭސި އެފްއޭ ކަޕްގައި ރޭ ލިވަޕޫލުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު 4-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.
އެސްޓަން ވިލާގެ ދަނޑުގައި ރޭ ކުޅުނު މެޗުން މޮޅުވެ ލިވަޕޫލުން ވަނީ ފަސޭހަ ކަމާއެކު އެފް އޭ ކަޕްގެ ހަތަރު ވަނަ ބުރަށް ކޮލިފައިވެފައެވެ. ރޭގެ މެޗަށް ނުކުތްއިރު، ވިލާ އޮތީ އުނދަގޫ ހާލަތެއްގައެވެ. އެޓީމުގެ ޓްރެއިނިން ކޭމްޕް ތެރެއިން ކޮވިޑް 19ގެ ގިނަ ކޭސްތަކެއް ފެނި، ފުރަތަމަ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ރޭގެ މެޗުގައި ކުޅެވޭނެ ގޮތެއް ނުވިއެވެ. މެޗަށް އެސްޓަން ވިލާއިން ނުކުތީ 23 އަހަރުން ދަށުގެ ހަތް ކުޅުންތެރިންނާއި 18 އަހަރުން ދަށުގެ ޓީމުގެ ހަތަރު ކުޅުންތެރިންނާ އެކުގައެވެ.
ސަޑިއޯ މާނޭ ހަތަރު ވަނަ މިނެޓުގައި ޖެހި ގޯލާއެކު ލިވަޕޫލުން ލީޑު ނެގި ނަމަވެސް، ތަޖުރިބާ މަދު ވިލާއިން ވަނީ ހާފް ނިމުމުގެ ކުރިން އެއްވަރު ކޮށްފައެވެ. އުމުރުން 17 އަހަރުގެ ލުއި ބެރީ އެއްވަރު ކުރިއިރު، މެޗު އެނބުރިގެން ދިޔައީ ދެވަނަ ހާފްގައެވެ.
ޖޯޖީނިއޯ ވައިނާލްޑަމް އާއި މާނޭގެ އިތުރު ގޯލަކާއެކު ލިވަޕޫލުން ލީޑު އަލުން ނަގައި، ފުޅާވެސް ކުރިއެވެ. ލިވަޕޫލްގެ ހަތަރުވަނަ ގޯލް މުހައްމަދު ސަލާހް ޖަހާފައިވާއިރު، ދެވަނަ ހާފްގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ކުރިއަށް ޖެހި ވަރުގަދަ އެޓޭކެއް ކުރިތަނެވެ.
ރޭގެ މެޗު ފަސްކުރަން ވާހަކަތައް ދެއްކި ނަމަވެސް މެޗު ކޮންމެހެންވެސް ކުޅޭ ގޮތަށް ނިންމީ މެޗު ފެށެން ހަތަރު ވަރަކަށް ގަޑިއިރަށް ވެފައި އޮއްވައެވެ. އެކަންކަމުގައި ވިލާގެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ހާއްސަކޮށް ލީގުގެ ބައެއް މެޗުތައް ވަރަށް ފަސޭހައިން ކެންސަލް ކުރާ ކުރުމުގެ ތަފްސީލަށްވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު