އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކްރިމިނަލް ކޯޓު ސަރަހައްދުގައި އިއްޔެ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި ފަސް މީހުން ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރީގެ ރަައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ޝަރީއަތުގެ އަޑުއެހުމެއް އިއްޔެ ކުރިއަށްދިޔަ ވަގުތު ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ އެ ސަރަހައްދަށް އެއްވެ އިހުތިޖާޖުކޮށްފައެވެ.
އެ އެއްވުމުގެ ތެރެއިން ހަ މީހަކު ހައްޔަރުކުރި ނަމަވެސް އެކަކު ވަނީ އިރުކޮޅެއްގެ ތެރޭގައި ދޫކޮށްލައިފައެވެ. ފުލުހުންގެ ބަންދަށް ގެންދިޔައީ ފަސް މީހުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ތިން ކައުންސިލް މެންބަރުންވެސް ހިމެނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެ ފަސް މީހުންވެސް މިއަދު ފުލުހުންގެ ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށްގެންދަން ނުފެންނާތީ ކަމަށެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަަމަށް ވިދާޅުވިއެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔައީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު