ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެމެރިކާގައި ކޮވިޑް ޖެހިގެން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.
ދުނިޔެއިން ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވާ އެމެރިކާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 3865 މީހުން ކޮވިޑް ބަލީގައި މަރުވެފައިވާ އިރު، އެގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު 361،123 އަށް ވަނީ އަރައިފައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް ކޮވިޑް ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 21.2 މިލިއަނަށް އަރައިފައެވެ.
އެމެރިކާގެ ސިއްހީ ނިޒާމަށް ނުކަތާވަރުވެފައިވާ އިރު، އެގައުމުގެ ހޮސްޕިޓަލުތައް ވަނީ ފުރިގެންގޮސް ފަރުވާދިނުމަށް ނުކުޅެދިފައެވެ. އެމެރިކާގެ ހޮސްޕިޓަލުތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 132،476 މީހުން އެޑްމިޓްކޮށްފައިވާ ކަމަށް އެގައުމުން ހާމަކޮށްފައިވެއެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލުން ވަނީ މިމަހަކީ އެގައުމުގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވާނެކަމަށް ބެލެވޭ މަސްކަމުގައި ފާހަގަކޮށްފައެވެ. އެމެރިކާގެ ސަރުކާރުން ވަނީ 22 ބިލިއަން ޑޮލަރު ކޮވިޑް ޓެސްޓު ކުރުމަށާއި ކޮންޓެކްޓް ޓްރޭސިންގެ އިތުރުން ކޮވިޑާ ގުޅޭ ކަންކަމަށް ހަމަޖައްސައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ