އުތުރު ކޮރެއާގެ އިގްތިސާދީ ޕްލޭން ފެއިލްވެއްޖެ ކަމަށް ކިމް އެއްބަސްވެވަޑައިގެންފިއެވެ.
އުތުރު ކޮރެއާގެ ވެރިކަން ކުރާ ވޯކާސް ޕާޓީ އިން ބޭއްވި ކޮންގްރެސްއެއްގައި ވާހަކަފުޅުދައްކަމުން ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ އެގައުމުގެ އިގްތިސޯދީ ޕްލޭން ތައްޔާރުކުރީ ފަސް އަހަރަށް ކަމަށާއި އެއްވެސް ދާއިރާއަކުން ބޭނުންވާ ނަތީޖާ ނެރެވިފައި ނުވާކަމަށެވެ.
2016 ވަނަ އަހަރު އެކުލަވާލާފައިވާ އެޕްލޭންގެ ކަންކަން ހާސިލް ނުވުމުގެ ޒިންމާ ނަންގަވާ ކަމަށްވެސް ކިމް ވަނީ ވިދާޅުވެފައެވެ.
އުތުރު ކޮރެއާއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް މިދިޔަ އަހަރުގެ ޖެނުއަރީގައި އެގައުމުގެ ބޯޑަރު ބަންދުކޮށް ބޭރުމީހުން އެތެރެވުން ހުއްޓުވައިފައެވެ. އެގޮތުން ހަމައެކަނި އުތުރުކޮރެއާ އާއި ގުޅުން އޮންނަ ޗައިނާއިންވެސް އެގައުމަށް މީހުން އައުން ވަނީ ހުއްޓުވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ