ޚަބަރު

އެސްޓީއޯގެ ތެެޔޮ ޓާމިނަލްގެ މާސްޓާ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ

އަލީ އަފާފް ރަމީޒު

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ތެޔޮ ޓާމިނަލްގެ މާސްޓާ ޕްލޭން ހަދާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

އެސްޓީއޯ އިން ކުރި އިއުލާނެއްގައި ވަނީ އެކުންފުނީގެ ތެޔޮ ޓާމިނަލްގެ މާސްޓާ ޕޮލޭން ހަދަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަން އެދޭ ކަމަށެވެ. އެގޮތުން އީއޯއައިގެ ކަވާލެޓާއާ ފޯމާއި ކުންފުނީގެ ތަފްސީލުގެ އިތުރަށް ޝެއާހޯލްޑަރުންގެ ތަފްސީލުވެސް ހުށަހަޅަން އެދިފައިވެއެވެ.

މީގެ އިތުރުން ކުންފުނީގެ ޕްރޮފައިލްގެ އިތުރުން ސީވީ އަދި ރެފަރެންސް ލެޓާވެސް ހުށަހެޅުމަށް އިއުލާނުގައިވެއެވެ. އަދި ބިޑް ކުރާ ފަރާތުގެ ހުރިހާ ތަފްސީލެއްވެސް ހުށަހެޅުމަށް އިއުލާނުގައިވެއެވެ.

އިއުލާނުގައި އިތުރަށް ވަނީ ޝައުގުވެރިވާ ފަރާތްތަކުން ތެޔޮ ޓާމިނަލް އަޅާ ސަރަހައްދަށް ޒިޔާރަތްކޮށް، ދިރާސާ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ހުރިހާ ހަރަދެއް ކުރަންޖެހޭނީ އެކުންފުންޏަކުން ކަމަށްވެސްވެއެވެ.

އެސްޓީއޯގެ ތެޔޮ ޓާމިނަލްގެ މާސްޓާ ޕްލޭން ހަދަން ޝައުގުވެރިވާ ފަރާތްތަކުން އެކަމުގެ ލިޔެކިޔުންތައް މި މަހުގެ 26ގެ ނިޔަލަށް ހުށަހެޅުމަށް އެދިފައިވެއެވެ. އަދި އީއޯއައި އިން ހޮވޭ ފަރާތްތަކުގެ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދެވިގެންދާނެ ކަމަށްވެސް އިއުލާނުގައިވެއެވެ.