ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 36 އިންސައްތަ މަސަައްކަތް ނިންމާލައިފިއެވެ.

އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި އެއާއެކު މުޅި މަސައްކަތުގެ 36 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 38600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 2500 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްކުރާނެއެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ، 397 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް 38.2 މިލިއަން ރުފިޔާއަށެވެ.

ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.