ލޮސް އެންޖެލްސްގައި ހާލުދެރަ ބަލިމީހުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ނުގެންދިއުމަށް އަންގައިފިއެވެ.
އެމެރިކާގެ ކެލިފޯނިއާގެ ލޮސް އެންޖެލްސްގައި ކޮވިޑްގެ ނުރައްކާ ބޮޑުވެ އެ ސިޓީގެ ހޮސްޕިޓަލުތަކަށް ނުތަކާ ވަރުވުމުން ހާލުދެރަ ބަލިމީހުން އެމްބިއުލާންސްގައި ހޮސްޕިޓަލަށް ނުއުފުލުމަށް އެމްބިއުލާންސްގައި މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ އަންގާފައެވެ.
ލޮސް އެންޖެލްސްގެ އޮފިޝަލުން ވަނީ އެސަރަހައްދުގައި ދުވާލަކު ކޮވިޑް ޖެހިގެން މަރުވާ މިންވަރު 1000 އަށް ގާތްކޮށްފައިވާ ކަމަށާއި ހޮސްޕިޓަލުގައި ފަރުވާދޭނެ ޖާގަ ނުލިބި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ބުނެފަ އެވެ.
ލޮސް އެންޖެލްސް އިމަޖެންސީގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ފަރުވާދިނުމުގައި އޮކްސިޖަން ބޭނުންކުރުން ވީހާވެސް މަދުކުރުމަށް އަންގާފައި ވެއެވެ. ހޮސްޕިޓަލުތައް ފުރިފައިވާއިރު ހުރިހާ ފަރާތްތަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބިދާނެކަމަށް ކަމާބެހޭފަރާތްތަކުން ވަނީ ބުނެފައެވެ.
އެމެރިކާގެ ކޮވިޑްގެ އަދަދުތައް 21 މިލިއަނުން މައްޗަށް އަރާފައިވާއިރު ވަކިވަކި ސިޓީތަކުގެ ތެރެއިން އެންމެ ހާލަތު ގޯސްވެފައިވަނީ ކެލިފޯނިއާގައެވެ. އެސިޓީން ވޭތުވެދިޔަ 24 ގަޑިއިރު 40،723 ކޭސް ފެނިފައިވާއިރު މިހާތަނަށް ޖުމުލަ ކޭހުގެ އަދަދު ވަނީ 2.5 މިލިއަނަށް އަރައިފައެވެ.
ކެލިފޯނިގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 27،363 އަށް އަރާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ