ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
އެ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ.
ރައީސް އޮފީހުންގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަހަރު ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަސް ކަމަށްވާ ފެބްރުއަރީ ހަތަރެއް ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމަށެވެ.
ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީސް ހުޅުވަން ބާއްވާ ޖަލްސާގައި ރައީސް ރިޔާސީ ބަޔާން އިއްވަންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ އަހަރުގެ ޖަސްލާތައް ނިންމާލައި، މަޖިލިސް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ ތެރޭގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު