12،638 ޑައިމަންޑް ހުރި އަނގޮޓިއެއް ދުނިޔޭގެ ރެކޯޑް ފޮތަށް އަރައިފިއެެވެ.

އިންޑިއާގެ މީރުތުގެ ރެނާނީ ޖުވެލްސްގެ ފައުންޑަރު ހާޝިތު ބެންސަލް ޑިޒައިން ކޮށްފައިވާ އެ އަނގޮޓި ގީނިސް ވޯލްޑް ރެކޯޑްސް އިން ރެކޯޑެއްގޮތުގައި ގަބޫލުކޮށްފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.

މެރީގޯލްޑް ގެ ނަމުން ނަންދީފައިވާ އެ އަނގޮޓީގައި 38.08 ކެރެޓުގެ ޑައިމަންޑު ކުރިކަމަށް ގީނިސް އިން ބުނެފައިވެއެވެ.

ބަރުދަނުގައި 165 ގްރާމް ހުރި އެއަނގޮޓި ހެދުމަށް ބެންސަލް އަށް ހިޔާލު އައީ އިންޑިއާގެ ކުންފުންޏަކުން މީގެ ދެ އަހަރުގެ ކުރިން ގީނިސް ރެކޯޑްސް އިން ޖާގަ ހޯދި އަނގޮޓި ފެނުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

މީގެ ކުރިން ރެކޯޑް ފޮތުން ޖާގަ ހޯދައިފައިވާ އެންމެ ގިނަ ޑައިމަންޑު ހުރި އަނގޮޓީގައި 7801 ޑައިމަންޑު ހުއްޓެވެ.