މިދިޔަ އަހަރު ބަންޑާރަ ނައިބުގެ އޮފީހުން 800 އަށްވުރެ ގިނަ ގާނޫނީ ލަފާދީފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އާންމުކޮށްފައިވާ ތަފާސްހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުއައަސަސާތަކުން 440 ކަމަކާ ގުޅޭގޮތުން ގާނޫނީ ލަފައަށް އެދިފައިވެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި 427 ކަމަކާ ގުޅޭގޮތުން އެ އޮފީހުން ވަނީ ގާނޫނީ ލަފާ ދީފަ އެވެ.
މީގެ އިތުރުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ އެކި މުއައްސަސާތަކުން 199 ކަމަކާ ގުޅޭގޮތުން ގާނޫނީ ލަފައަށް އެދިފައިވާ އިރު، އޭގެ ތެރެއިން 186 ކަމަކާ ގުޅިގެން އޭޖީ އޮފީހުން ވަނީ ލަފާ ދީފަ އެވެ.
ތަފާސް ހިސާބު ދައްކާ ގޮތުން އޭޖީ އޮފީހުން ބިލު ތަސްދީގު ކުރުމާ ގުޅޭ 34 ގާނޫނީ ލަފައެއް ދީފައިވާ އިރު، އެއްބަސްވުންތަކާ ގުޅޭ 267 ލަފައެއް ވަނީ ދީފަ އެވެ. އަދި ގަވައިދުތަކާ ގުޅޭ 102 ލަފައަކާއި، އުސޫލުތަކާ ގުޅޭ 40 ލަފައަކާއި، މުއާހަދާތަކާ ގުޅޭ ހަތް ލަފައަކާއި އެހެނިހެން 391 ގާނޫނީ ލަފާ އެ އޮފީހުން ވަނީ ދީފަ އެވެ.
ދައުލަތުގެ މުއައްސަސާތަކަށް ގާނޫނީ ލަފާ ދިނުމަކީ، ބަންޑާރަނައިބު އޮފީހަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު