ލެރީ ކިންގް ކޮވިޑް ޖެހި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
ސީއެންއެންގެ އެންމެ މަޝްހޫރު އެއް ޓޯކްޝޯވ ލެރީ ކިންގް ލައިވްގެ ހޯސްޓް އަށް ކޮވިޑް ޖެހިފައިވާކަން އޭނާގެ އާއިލާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
އުމުރުން 87 އަހަރުގެ ލެރީގެ ސިއްހީ ހާލަތު ގާތުން ބެލުމަށް ޓަކައި، ލޮސްއެންޖެލްސްގެ ކެޑާސް ސިނާއީ މެޑިކަލް ސެންޓަރުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ލެރީ ކިންގްގެ ސިއްހީ ގިނަ މައްސަލަތަކެއް ހުންނަ ކަމަށްވެސް އާއިލާއިން ބުނެފައި ވެއެވެ. އެގޮތުން ހަކުރު ބަލީގެ އިތުރުން ހާޓް އެޓޭކް ޖެހި ބައިޕާސް ވެސް ހަދާފައިވާ ކަމަށާއި ފުއްޕާމޭގެ ކެންސަރަށް ވެސް ފަރުވާ ހޯދަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ.
ސީއެންއެންގެ ޝޯވް، ލެރީ ކިންގް ލައިވް 25 އަހަރުގެ ދިގު މުއްދަތަކަށް ލެރީ ގެނެސްދީފައިވާއިރު އޭނާ ވަނީ އެޝޯވް ގެ 6000 އެޕިސޯޑް ގެނެސްދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ