ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭފުޅުންގެ އިރުޝާދާއެކު މުޅި މުއައްސަސާއިން ފެނިގެންދަނީ ކެތްތެރިކަމާއި ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
"އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން" މި މައުލޫއަށް ދިވެހިންގެ އައްޑަނަ މަޖައްލާގައި މިނިސްޓަރު މާރިޔާ ލިޔުއްވާފައިވާ ލިޔުއްވުމުގައި ވަނީ މީގެ 16 އަހަރު ކުރިން، ސުނާމީ ކާރިސާގެ ހަނދާން އާކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރިކަމަކަށް ނޫން ކަމަށެވެ. އަދި އެދުވަހުގެ ހަނދާން އާކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުން ކަމަށާއި ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ދެއްކި ނަމޫނާ ދިވެހިން ފަހުރުވެރި ކުރުވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދިވެހި އަސްކަރިއްޔާއިން އެދުވަހު ދެއްކި އެއްބައިވަތަންތަކަމުގެ ރޫހު ދިވެހި ތާރީހުގެ ސޮފްހާތަކުގައި ތާއަބަދަށް ލިޔެވިގެންދާނެ ކަމަށާއި އެއީ ނުހަނު އުފާކުރާ ކަމެއް ކަމަށެވެ. އަދި ގައުމަށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުޅު މިއަދު މުޅި ގައުމު ބަލައިގަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސިފައިންގެ ލީޑާސިޕްގައި ތިއްބެވި ބޭފުޅުންގެ އިރުޝާދާއެކު މުޅި މުއައްސަސާއިން ފެނިގެންދިޔައީ ކެތްތެރިކަމާއި ހިތްވަރާއި އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާ. އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމަށް ދެވޭ ވަގުތުތަކުގައި ވެސް ސިފައިން އެތިބީ ގައުމީ ހިދުމަތަށް ވަގުތު ހުސްކޮށް، ގައުމު ދިފާއު ކުރުމަށް އެއްބައިވަންތަކަމާއެކު މަތިވެރި އަޒުމްގައި،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ޕެންޑެމިކާ ގުޅިގެން އާއިލާ އާއި ގާތް ރަހުމަތްތެރިނާ ދުރުގައި އެތައް ދުވަހެއް ސިފައިން މިއަދު ވެސް ހޭދަކުރަމުން އަންނަ ކަމަށާއި މި ދަނޑިވަޅުގައި ވެސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް ގައުމީ ދިފާއީ ބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު