މާލޭގައި ދިވެއްސަކު ރަހީނުކޮށް ފޭރުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއަކަށް ދިވެހި ފިރިހެނަކު ގެންގޮސް ރަހީނުކުރި ކަމަށްބުނާ މައްސަލައެއް މިއަދު ހަވީރު 5:30 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި އެމީހާ އަމިއްލައަށް މިހާރު ސަލާމަތްވެފައިވާ ކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ރަހީނުކޮށްފައިވަނީ ހަތަރު މީހަކު ވެގެންނެވެ. އޭގެ ތެރޭގައި އަންހެނަކުވެސް ހިމެނެއެވެ. އެމީހާ އެގެއަށް ގެންގޮސްފައިވަނީ ފޯނުން ގުޅައިގެނެވެ.

ރަހީނުކުރި މީހުންގެ ކިބައިން ސަލާމަތްވުމަށް އެމީހާ ވަނީ ތިންވަނަ ފަންގިފިލާއިން މަގުމައްޗަށް ފުންމާލައިފައެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.