ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފައިސަލް ނަސީމް ގއ. ވިލިނގިއްޔަށް ވަޑައިގެންފިއެވެ.

ނައިބު ރައީސް ވިލިނގިއްޔަށް ފުރާވަޑައިގެންފައި މިވަނީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށެވެ.

ނައިބް ރައީސްގެ މި ދަތުރުފުޅުގައި ވިލިނގިލީ ޑްރަގް ސެންޓަރު ހުޅުވައިދެއްވުމާއި ވިލިނގިލީގައި ނެއިބާހުޑް ޕޮލިސްގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާނެއެވެ. އަދި ވިލިނގިލީ ކައުންސިލާއި އެ އަތޮޅުގެ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލޭގައި ރޭ ވަނީ ހާއްސަ ޖަލްސާއެއް ބާއްވައިފައެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަހަކީ މީގެ 16 އަހަރު ކުރިން ރާއްޖެއަށް އެރި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަަމާ ގުޅިގެން ފާހަގަ ކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރަން ސަރުކާރުން ނިންމީ 2005 ވަނަ އަހަރުގައެވެ.