ށ. މިލަންދޫގައި ކުއްލި ގޮތަކަށް އަންހެނަކު މަރުވެއްޖެ އެވެ.
މިލަންދޫ ކައުންސިލް ރައީސް އަބްދުﷲ ފާއިޒް މިއަދު "ވަން" އަށް ވިދާޅުވީ މިއަދު 2:30 ހާއިރު އަންހެނަކު މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިގެން އޭނާއަށް ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ފޮނުވި ކަމަށެވެ. އޭގެ އިރުކޮޅެއް ފަހުން އަންހެން މީހާ މަރުވެފައިވާ ކަމުގެ ހަބަރު ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ އެ އަންހެން މީހާ މިއަދު މޫދަށް ދިޔަ ކަމަށާއި މޫދުގައި އުޅުމަށްފަހު އޭނާގެ މަންމައާ އެކު ގެއަށް އައި މަގުމަތީގައި ވަރަށް ގަދައަށް ހޮޑުލާފައި މަގުމައްޗަށް ވެއްޓުނީ ކަމަށެވެ. އޭނާ އަކީ ސިއްހީ އިތުރު މައްސަލައެއް ހުރި މީހެއް ކަން އެނގިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
މަރުވެފައިވަނީ އުމުރުން 33 އަހަރުގެ އަންހެނެކެވެ. އެކަމަކު މަރުވި ސަބަބު މިހާތަނަށް އެނގިފައި ނުވާ ކަމަށް ފާއިޒް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު