ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ރައްޔިތުންނަށް އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.

ދިވެހިންގެ އެއްބައިވަންތަ ކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މި ދުވަސް ދިވެހިން ފާހަގަކުރަމުންދަނީ 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގަ އެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެންމެހާ ކާރިސާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވައި، ގައުމީ މައްސަލަތައް ހައްލުކުރުމުގައި އެއްބައިވަންތަކަމުގައި ސާބިތުވެ ތިބުމުގެ ތައުފީގު ހުރިހާ ދިވެހިންނަށް މިންވަރުކުރުމަށް އެދޭ ކަމަށެވެ.

އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ މިރޭ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.