ރާއްޖޭގެ ޕެންޝަން އޮފީހުގެ އާ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ބޭރު ބޭފުޅެއް އައްޔަން ކުރައްވައިފި އެވެ.
ޕެންޝަން އޮފީހުން ބުނީ އާ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް އެވެ.
އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް އަކީ ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކަމާއި މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު އަދި ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އޭގެ އިތުރުން އޭނާ އަކީ ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.
ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ބިލުގެ ދަށުން ޕެންޝަން އޮފީހެއް އުފެދުނީ 2009 ވަނަ އަހަރު އެވެ. އެ އޮފީހުގެ ސީއީއޯ މަގާމުގައި އެންމެ ފަހުން ހުންނެވީ އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރުކަން ވެސް ކުރިން ކުރެއްވި މުހައްމަދު ހުސައިން މަނިކު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު