މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް ނައްތާލައިފި އެވެ.
ކަސްޓަމްސް އިން ބުނީ މި ތަކެއްޗަކީ ކަސްޓަމަސްގެ އާންމު ގަވާއިދުގެ ދަށުން ބޮންޑެޑް ވެއާހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ އެނޫން ވެސް ސަބަބަކަށްޓަކައި ކަސްޓަމްސް އިން އަމަލު ކުރަމުން އަންނަ ގަވާއިދުގެ ދަށުން ނައްތާލި ތަކެތި ކަމަށެވެ.
އެގޮތުން އިއްޔެ ތިލަފުށީ ސައިޓުގައި ނައްތާލާފައިވަނީ 8719.92 ލީޓަރުގެ ބަނގުރަލާއި 2220.5 ކިލޯ ގުރާމްގެ އޫރުމަހެވެ. އެ ތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އޮފިސަރުންގެ ހާޒިރުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު