250 ދުވަސް ފަހުން ޓައިވާނުން ލޯކަލް ޓްރާންސްމިޓެޑް ކޮވިޑް ކޭހެއް ފެނިއްޖެއެެވެ.
އޭޕްރީލްގެ ފަހުން ފުރަތަމަ ފަހަރަށް އެގައުމުން ފެނުނު ލޯކަލް ޓްރާންސްމިޓެޑް ކޭސް ގުޅިފައިވަނީ އެގައުމަށް އެތެރެވެފައިވާ އެހެން ގައުމެއްގެ ޕައިލެޓަކާއެވެ. އެގައުމުގެ އާންމުންގެ ތެރެއިން މި ކޭސް ފެނިފައިވަނީ އުމުރުން 30 އަހަރުގެ އަންހެނެއްގެ ފަރާތުންނެވެ.
ޓައިވާނުން އޭޕްރިލް 12 ވަނަ ދުވަހުގެ ފަހުން ފެނިފައިވަނީ ހަމައެކަނި އެގައުމަށް އެތެރެވެފައިވާ ކޭސްތަކެވެ. އެގައުމަށް އެތެރެވާ ހުރިހާ މީހުން ކަރަންޓީނު ކޮށްފައިވާއިރު ޓެސްޓު ތަކުން ޕޮޒިޓިވްވާ މީހުން އައިސޮލޭޓް ކޮށްގެން ވަނީ ފަރުވާދީފައެވެ.
ޓައިވާނުގެ އާންމުންގެ ތެރެއިން ފެނުނު ކޭސްއާ ގުޅިގެން އެގައުމުން ވަނީ 400 އެއްހާ މީހުން ޓެސްޓުކޮށްފައެވެ. އަދި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުކަށިކޮށްފައެވެ.
23 މިލިއަންގެ އާބާދީއެއް އޮންނަ ޓައިވާނުން މިހާތަނަށް ފެނިފައިވަނީ 770 ކޮވިޑް ކޭސް އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ