ގދ. ތިނަދޫގައި ސަރަހައްދީ ބަނދަރު އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ސަރުކާރުގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ޝިޕިން ހިދުމަތްތައް ހުވަދު އަތޮޅަށް ފެށުމުގެ ގޮތުން މިއަދު ހަވީރު ގދ. ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ.
ތިނަދޫ ޕޯޓު ގާއިމުކުރުމަށް އެ ރަށުން އެއްލައްކަ އަށްހާސް އަކަފޫޓުގެ ބިމެއް އެރަށުން ވަނީ އެމްޕީއެލްއަށް ދީފައެވެ.
މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 15 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލު ކުރީ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެ މަޝްރޫއުގެ ދަށުން ބަނދަރުގެ 4،500 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 3،000 އަކަމީޓަރުގެ ޕޭވްމެންޓެއް ހެދުން ހިމެނެއެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމެއް ގާއިމުކުރުމާއި ޕޯޓް ސަރަހައްދުގައި ފެންސު ޖެހުންވެސް ހިމެނެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމައި ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމަށާއި އެގޮތުން ދީފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު