ކުލިން އާމްދަނީ ލިބޭ އާންމު ފަރުދުންނަށް ދޫކުރާ ލައިފްސްޓައިލް ފައިނޭންސިންގ އަށް ބީއެލްއެލް އިސްލާމިކް އިން ހޮޔެ ބަދަލުތަކެއް ގެނެސްފިއެެވެ.
ބީއެމްއެލް އިން ބުނީ މި ފެސިލިޓީ އަކީ ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިން މުރާބަހާ، މުޝާރަކާ، ވަކާލާ އަދި އިޖާރާ ގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއެއް ކަމަށެވެ.
ބީއެމްއެލްގެ ލައިފްސްޓައިލް ފައިނޭންސިން އަށް މި ގެނައި ބަދަލާއެކު، އެއްވެސް ރަހުނަކާނުލާ 15 ޕަސެންޓުގެ ރޭޓުގައި 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރާނެ އެވެ.
އަދި 300،000 ރުފިޔާ އިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ބޭނުންވާ ފަރާތްތަކަށް ރަހުނާއެކު 12 ޕަސެންޓަށް ކުޑަކޮށްފައިވާ ރޭޓެއްގައި ފައިނޭންސް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.
މި ބަދަލާ ގުޅޭ ގޮތުން ގޮތުން ބީއެމްއެލްގެ ޑިރެކްޓާ އޮފް އިސްލާމިކް ބޭންކިން ސުރީ ހާނިމް މުހައްމަދު ވިދާޅުވީ، ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ މި ފެސިލިޓީއަށް ހެޔޮ ބަދަލެއް ގެނެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.
އަދި ބީއެމްއެލް އިސްލާމިކްގެ ޕޯޓްފޯލިއޯ ރަނގަޅުކޮށް، ޝަރުއީ ހަމަތަކާ އެއްގޮތްވާ ފެސިލިޓީ ބޭނުންވާ ކަސްޓަމަރުން އިތުުރުވަމުންދިއުމާއެކު، އެންމެ ރަނގަޅު ގޮތްތައް ކަސްޓަމަރުންނަށް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު