ޔޫކޭއިން ކޮވިޑްގެ އާ ވައްތަރެއް ފެނި ނުރައްކާ ބޮޑުވެއްޖެއެވެ.
އިނގިރޭސިވިލާތުގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އިރު، އެގައުމުން މިވަނީ ކޮވިޑްގެ އާ ވައްތަރެއް ފެނި ބަލި ޖެހޭ މީހުންގެ ނިސްބަތް ގިނަވެ ކޮންޓްރޯލުން ނައްޓައިފައެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުގެ ހާލަތު ގޯސްވެފައިވުމާއެކު އަޅާފައިވާ ފިޔަވަޅުތައްވެސް ހަރުކަށިކުރުމަށް ނިންމައި، އެކަން އިއުލާންކުރައްވައިފައެވެ.
އެގައުމުގެ ސިއްހީ ތަޖުރިބާކާރުން ބުނީ އެގައުމުގައި ފެތުރެން ފަށާފައިވާ ކޮވިޑްގެ އާ ވައްތަރުގެ ބާރުގަދަ ނޫނަސް ބަލި ފެތުރެމުންދާ ނިސްބަތް ކުރިއަށްވުރެ އެތައް ގުނައެއް ހަލުވި ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން އިނގިރޭސި ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ މިއީ އުނދަގޫ ދަނޑިވަޅެއް ކަމަށާއި ވައިރަސް ކޮންޓްރޯލް ކުރުމަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ހާލަތު ގޯސްވެފައިވުމާއެކު ގިނަ ގައުމުތަކުން ވަނީ ޔޫކޭއިން އަންނަ ފްލައިޓުތައް އައުން ހުއްޓުވައިފައެވެ. އީޔޫ އިން ވަނީ މިއަދު ކުއްލި ބައްދަލުވުމެއް ބާއްވައި، އަޅާނެ އިތުރު ފިޔަވަޅުތަކާ މެދު މަޝްވަރާކުރުމަށް ވެސް ނިންމައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ