ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭގައި ތަރައްގީކުރި ބަސް ސްޓޮޕާއި ޕާކު ހުޅުވައިފިއެވެ.
އެސްޓީއޯ ހެޑް އޮފީސް ކައިރީ، ކުރީގެ ވެސްޓް ޕާކު ހުރި ބިމުގައި ހުޅުވި މި ބަސް ސްޓޮޕާއި ޕާކު، މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން (ސީއެސްއާރު)ގެ ދަށުން ތަރައްގީކުރި ޕާކުގައި ކަސްރަތު ކުރެވޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެ ކުންފުނިން އަބަދުވެސް ރައްޔިތުންގެ ހިދުމަތުގައި ދެމި އޮންނާނެ ކަމަށާއި ކުންފުނީގެ އަމާޒަކީ ރައްޔިތުންނާ ހަމައަށް ތަފާތު ހިދުމަތްތައް ގެނެސްދިނުން ކަމަށެވެ. އަދި އެ ކުންފުނިން ތަރައްގީކުރި ޕާކާއި ބަސް ސްޓޮޕްގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ތޮއްޖެހުމުގެ މައްސަލަ ކަމަށާއި މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. ތޮއްޖެހުން ކުޑަކުރަން ޕަބްލިކް ޓްރާންސްޕޯޓަށް އަހުލުވެރިވާން ޖެހޭ ކަަމަށް ވެސް ނައިބު ރައީސް ވިދާވިއެވެ.
"ބަސްތައް ހުސްކޮށް ދުއްވިޔަސް ހައްލެއް ނުލިބޭނެ. ތޮއްޖެހުން ކުޑަކުރުމަށް ބަސްތަކުގެ ޕަބްލިކް ޓްރާންސްޕޯޓުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ޖެހޭ،" ނައިބު ރައީސް ވިދާޅުވިއެވެ.
އެސްޓީއޯ އިން ބަސް ސްޓޮޕަކާއި ޕާކެއް ހުޅުވި އިރު، މިއަދު އެ ކުންފުންޏަށް ވަނީ 56 އަހަރު ފުރިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު