ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް އެމްޕްލޮއިމެންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރަން ނިންމައިފި އެވެ.
އިމިގްރޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން، ގައުމުތަކުގެ ބޯޑަރު ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުޅުވާފައިނުވުމުގެ ސަބަބުން ރާއްޖެއިން ފުރައިގެން ނުދެވިފައިވާ ފަރާތްތަކުގެ ތެރެއިން، ބިޒްނަސް ވިސާ އާއި ސްޕެޝަލް ވިސާގައި ރާއްޖެ އައިސްފައިވާ ބިދޭސީންނަށް ވޯކް ވިސާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް ވޯކް ވިސާ ދޫކުރާނީ މުއްދަތު ހަމަނުވާ ވިސާއެއްގައި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނަށް އެކަނި ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެގޮތުން ވޯކް ވިސާއަށް ބަދަލުކުރަން އެދޭ މީހުންނަކީ މިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ބިޒްނަސް ވިސާގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތެއް ކަމުގައިވާންޖެހޭނެ ކަމަށާއި އަދި ސްޕެޝަލް ވިސާ ލިބިގެން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ މީހަކަށްވާންޖެހެ އެވެ. އޭގެ ތެރޭގައި ކްލަބް އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ފަރާތްތައް ހިމެނޭނެ އެވެ.
އިމިގްރޭޝަންގެ އިއުލާނުގައި އިތުރަށް ބުނީ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ އަށް ބަދަލުކުރަން އެދޭ ބިދޭސީން އަންނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން ކަނޑައެޅިފައިވާ އުސޫލާއި އެއްގޮތަށް ވިސާ ބަދަލުކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު