ތުރުކީގައި ވެންޓިލޭޓަރެއް ގޮވައި ކޮވިޑްގެ ބަލި މީހުންތަކެއް މަރުވެއްޖެއެވެ.
ތުރުކީގެ ގަޒިޔާންޓެޕްގެ ޕްރައިވެޓް ހޮސްޕިޓަލެއްގައި ފަރުވާދެމުން ދިޔަ ކޮވިޑުގެ ބަލި މީހުންގެ ތެރެއިން ނުވަ މީހަކު އެ ހާދިސާގައި މަރުވެފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.
ވެންޓިލޭޓަރު ގޮވުމާއެކު އަލިފާނުގައި ނުވަ މީހަކު މަރުވި ނަމަވެސް އިތުރު ބަޔަކަށް އަނިޔާ ނުވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ހޮސްޕިޓަލުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން ހާދިސާގައި މަރުވެފައިވަނީ 56 އަހަރާއި 85 އަހަރާ ދެމެދުގެ މީހުންނެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ އިރު، އެ ހޮސްޕިޓަލުގެ ބޮޑު ބައެއް ވަނީ ބަންދުކޮށް، ބަލިމީހުން އެހެން ހޮސްޕިޓަލުތަކަށް ބަދަލުކޮށްފައެވެ.
ތުރުކީގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާ އިރު، އެގައުމުން ވަނީ ކޭސްތަކުގެ އަދަދު ދެ މިލިއަނަށްވުރެ މައްޗަށް އަރައިފައެވެ. ތުރުކީން މިހާތަނަށް 17،610 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ