ފްރާންސުގެ ރައީސް އެމަނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން އީޔޫގެ ބައެއް ލީޑަރުން އެކަހެރިވެ ވަޑައިގެންފި އެވެ.
އުމުރުފުޅުން 42 އަހަރުގެ މެކްރޮން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ފްރާންސްގެ ރިޔާސީ ގަނޑުވަރުން ހާމަކުރީ އިއްޔެ އެވެ. އެކަން ހާމަކޮށް ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނީ، މެކްރޮން މިހާރު ހުންނެވީ ހަތް ދުވަހަށް އެކަހެރިވެ ވަޑައިގެން ކަމަށެވެ.
މެކްރޮން ކޮވިޑަށް ޕޮޒިޓިވް ވެވަޑައިގެންނެވި އިރު، އެމަނިކުފާނު ވަނީ ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ ރަސްމިއްޔާތު ތަކެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި އީޔޫ ސަމިޓް ވެސް ހިމެނެ އެވެ.
އެހެންކަމުން ރައްކާތެރިވުމުގެ ގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ބައެއް ބޭފުޅުން ގެންދަވަނީ އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގަންނަވަމުންނެވެ.
އޭގެ ތެރޭގައި ޔޫރަޕިއަން ކައުންސިލް ރައީސް ޗީފް މިޝެލް އާއި އޯއީސީޑީގެ ސެކްރެޓަރީ ޖެނެރަލް އެންޖެލް ގުއިރާ ހިމެނިވަޑައިގަންނަވަ އެވެ. އަދި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭސް އާއި ޕޯޗުގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޯސްޓާ، ބެލްޖިއަމްގެ ބޮޑުވަޒީރު އެލެކްސެންޓާ ޑެކްރޫ ވެސް ވަނީ އަމިއްލައަށް އެކަހެރިވެ ވަޑައިގެންފަ އެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ