ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
42 އަހަރުފުޅުގެ އެމެނުއަލް މެކްރޮން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުކޮށްދެއްވައި ރައީސްގެ ގެކޮޅު އެލީސީ ޕެލެސް އިން ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައިވާގޮތުން މިހާރު ރައީސް މެކްރޮން ވަނީ ހަތް ދުވަހުގެ ކަރަންޓީނު ފައްޓަވައިފައެވެ.
ރައީސް މެކަރޮން ޕޮޒިޓިވް ވެފައިވަނީ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެނިގެން ހެދި ޓެސްޓުން ކަމަށް ބަޔާނުގައި ވެއެވެ.
ރައީސް މެކަރޮން ޕޮޒިޓިވްވެ އެކަހެރިވެވަޑައިގެންފައި ވީނަމަވެސް މަގާމުގެ މަސައްކަތްތަކުން ދުރުވެވަޑައިނުގަންނަވާ ކަމަށާއި ރިމޯޓްކޮށް މަސައްކަތް ކުރައްވާކަމަށް އޮފިޝަލުން ބުނެއެވެ.
ފްރާންސުން ވަނީ އެގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވެ މިހަފްތާއިން ފެށިގެން ރޭގަނޑުގެ ވަގުތުތަކުގައި ކާފިއު އިއުލާން ކުރަން ފަށައިފައެވެ.
ކޮވިޑްގެ ބަލިމަޑުކަން ފެށުނުފަހުން ފްރާންސުން ވަނީ މިހާތަނަށް ދެމިލިއަނަށް ވުރެން ގިނަ ކޭސް ފެނިފައެވެ. މިހާތަނަށް ފްރާންސުން 59،400 މީހުން ކޮވިޑް ޖެހިގެން މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ