ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް މުހައްމަދު ތޮލާލް ހަމަޖައްސައިފިއެވެ.
އެސްޖީ ކަމަށް ތޮތާލް ހަމަޖެއްސީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ތޮލާލް ވަނީ މީގެ ކުރިންވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް އަދާކުރައްވައިފައެވެ. އެގޮތުން އޭޕްރީލް 2014 އިން ޖުލައި 2016 އަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައިވެއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތޮލާލް ހަމަޖައްސާފައިވަނީ މިހާރުވެސް އަދާކުރައްވަމުން ގެންދަވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި ދެމިހުންނަވާ ގޮތަށެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އަމިއްލަ ބޭނުމަކަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމާ ގުޅިގެން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޕީޕީއެމުން ބުނީ އެސްޖީ ކަމުން އިސްތިއުފާ ދެއްވިޔަސް ޝަކީލް ހުންނަވާނީ ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު