ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، އަބްދުﷲ ފަޔާޒް މަގާމުން އިސްތިއުފާދެއްވައިފި އެވެ.
ޓްރާންސްޕޯޓުގެ ޕީއެސް ކަމުން ފަޔާޒް އިސްތިއުފާ ދެއްވާފައިވާކަން "ވަން"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވީ ކޮން އިރަކު ކަމެއް އެނގިފައެއް ނުވެއެވެ.
ޕީއެސް ކަމުން ފަޔާޒް އިސްތިއުފާދެއްވާފައިވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ މަސް ދުވަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
ފަޔާޒު ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގުކުރާތީކަމަށް އެކޮމިޝަނުން މީގެ ކުރިން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި ފަޔާޒް ސަސްޕެންޑްކޮށްފައިވަނީ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާ ގުޅިގެން ބަލަމުން އަންނަ މައްސަލަތަކެއްގައެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސް ކަމަށް ފަޔާޒް އައްޔަނުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ.
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން