ކިންގްޑަމް އޮފް އެސްވާޓީނީގެ ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވަހާރަވުމާ ގުޅިގެން އެގައުމުގެ ރަސްގެފާނު މުސްވަޓީ III އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ސޯލިހުގެ މެސެޖުގައި، ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވާހަރަވުމުގެ ހަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެ، އެސްވާޓީނީގެ ތަރައްގީއާއި ހަމަޖެހުމަށް ބޮޑުވަޒީޒު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި އެސްވާޓީނީގެ ބޮޑުވަޒީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެސްވާޓީނީގެ ރަސްގެފާނަށާއި ރައްޔިތުންނަށާއި ހާއްސަކޮށް ބޮޑުވަޒީރުގެ އާއިލާގެ ބޭފުޅުންނަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.
އެސްވާޓީނީގެ ސަރުކާރުން ނެރުނު ސްޓޭޓްމެންޓެއްގައި ބުނީ، އުމުރުން 52 އަހަރުފުޅުގައި ޑްލަމިނީ އަވަހާރަވީ ސައުތު އެފްރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޑްރަމިނީ ވަނީ ކޮވިޑަށް ފަރުވާ ހޯއްދަވައިފައެވެ. ޑްލައިމިނީއަށް ކޮވިޑް ޖެހިފައިވަނީ ނޮވެންބަރު މަހުގެ މެދުތެރޭގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު