އެސްވަޓީނީގެ ބޮޑުވަޒީރު ކޮވިޑް ޖެހިގެން އަވަހާރަވެއްޖެއެވެ.

ބޮޑު ވަޒީރު އެމްބްރޯސް ޑްލަމީނީ އަވަހާރަވެފައިވާކަމަށް އެސްވަޓީނީގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެސްވަޓީނީގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އުމުރުފުޅުން 52 އަހަރުގެ ބޮޑުވަޒީރު ޑްލަމިނީ އަވަހާރަވެފައިވަނީ ދެކުނު އެފްރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

ބަޔާނުގައި ބޮޑުވަޒީރު އަވަހާރަވި ސީދާ ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް އެމަނިކުފާނުވަނީ ހަފްތާއެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ފައްޓަވައިފައެވެ.

ދެކުނު އެފްރިކާގެ އެސްވަޓީނީ އަކީ މިލިއަނެއްހާ މީހުންގެ އާބާދީ އެއް އޮންނަ ގައުމެކެވެ. އެގައުމުނެ މިހާތަނަށް ކޮވިޑްގެ 6768 ކޭސް ފެނިފައިވާއިރު 127 މީހުން ބަލީގައި މަރުވެފައިވާކަމަށް ރެކޯޑް ތަކުން ދައްކައެވެ.