ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މހައްމަދު ސޯލިހު، "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"ގެ ނަމުގައި އިދާރާއެއް ގާއިމުކުރައްވައި، އެ އިދާރާއަކީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ.
އެކަން އިއުލާނު ކުރައްވާފައި ވަނީ ރައީސް އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމެއްގައެވެ. ރައީސް އޮފީހުން ބުނީ، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުމާ ގުޅިގެން، މިހާތަނަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިނގަމުން އައި މޯލްޑިވްސް އެނާޖީ އޮތޯރިޓީ މިއަދުން ފެށިގެން އުވާލާފައިވާ ކަމަށެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސް އިއްޔެ ތަސްދީގު ކުރެއްވެވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގެ ދަށުން އުފެއްދުމަށް ލާޒިމުކޮށްފައިވާ އިދާރާއެކެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ މަގުސަދު ތަކުގެ ތެރޭގައި އާއްމު ބޭނުންތަކުގެ ހިދުމަތް ތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ ކަމާއި އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭނޭ ހިދުމަތަކަށް ހެދުން ހިމެނެއެވެ.
އޭގެ އިތުރުން އެ ހިދުމަތަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭނެ، ކާމިޔާބު ކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުތަކަށް ހެދުމާއި ހިދުމަތް ފޯރުކޮށްދިނުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު ވާދަވެރި ވެއްޓެއް ގާއިމްކޮށް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިކުރުން ވެސް މި އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައި ވެއެވެ.
ގާނޫނުގައި ބުނާ ގޮތުން މި އޮތޯރިޓީ އުފެއްދެވުމުން، އެންމެހާ އާއްމު ހިދުމަތްތައް ދެވޭނީ މި އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ. އަދި އެ ލައިސަންސްގެ ދަށުން ދޫކުރާ ހިދުމަތްތަކަށް އަގު ނެގޭނީ އޮތޯރިޓީން ކޮންޓްރޯލްކޮށް ލައިސަންސްގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށްވެސް ބުނެފައި ވެއެވެ.
އާއްމު ހިދުމަތްދޭ ހުރިހާ ތަންތަން ބަލައި ފާސް ކުރުމާއި ރެގިއުލޭޓް ކުރާނެ އުސޫލުތަކާއި ގަވާއިދުތައް ހެދުމުގެ ބާރު ވަނީ
މި ގާނޫނުން އޮތޯރިޓީއަށް ދީފައެވެ. އަދި ގާނޫނާ ހިލާފުވާ އެކި މައްސަލަ ތަކުގައި އެއްހާސް ރުފިޔާއިން ފެށިގެން އެއް މިލިޔަން ރުފިޔާ އާ ދެމެދުގެ ޖޫރިމަނާ ކުރުމުގެ ބާރު އޮތޯރިޓީއަށް ދީފައިވާއިރު، ބައެއް މައްސަލަތައް ޝަރީއަތަށް ފޮނުވުމުގެ ބާރު ވެސްް އޮތޯރިޓީއަށް ދީފައިވެ އެވެ.
ގާނޫނުގައި ބުނާ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަޒީ އޮތޯރިޓީގެ ކަންކަން ކުރިއަށް ގެންދަން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް އައްޔަންކުރަން ޖެހެއެވެ. މި ބޯޑަށް މެންބަރުން އައްޔަންކުރުމާއި ވަކި ކުރުމުގެ ބާރު ބިލުން ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު