ކޮވިޑް ވެކްސިން އުފެއްދި އެސްޓްރާޒެނެކާ އިން އެލެކްސަން 39 ބިލިއަން ޑޮލަރަށް ގަންނަން ނިންމައިފިއެވެ.
ބޮސްޓަންގެ ފާމަސޫޓިކަލް ފާމް އެލެކްސަން ގަތުމަށް އެސްޓްރާޒެނެކާ އިން ނިންމުމާއެކު އެކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އެސްޓްރާޒެނެކާގެ މި ޑީލް ވެފައިވަނީ މިއަހަރުތެރޭ ބޭސް އުފައްދާ ކުންފުންޏަކުން ކޮށްފައިވާ އެންމެ ބޮޑު ޑީލްއެވެ.
އެލެކްސަންގެ ހާއްސަ އިމިއުނޮލޮޖީ ޔުނިޓަކީ ބޮސްޓަންގައި ހުންނަ އާންމުކޮށް ނުފެންނަ ބަލިމީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކުރެވިފައިވާ ޔުނިޓެކެވެ.
އެސްޓްރާޒެނެކާ އިން ވަނީ ޔުނިވާސިޓީ އޮފް އޮކްސްފޯޑާއި ގުޅިގެން ކޮވިޑާ ދެކޮޅަށް ގިނަމަސައްކަތްތަކެއް ކޮށް ކާމިޔާބު ވެކްސިން އެއް އުފައްދާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ