އަންނަ ހަފްތާއިން ފެށިގެން ޖަރުމަނުވިލާތް ހަރުކަށި ލޮކްޑައުން އަކަށް ދިޔުމަށް އެގައުމުން ނިންމައިފިއެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް ވަނީ ކުރިޔަށް އޮތް ކްރިސްމަސް ބަންދާ ދިމާކޮށް އެގައުމުގައި ހަރުކަށި ލޮކްޑައުންއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
ކޮންމެހެން ހުޅުވަން ޖެހޭ ފިހާރަތައް ފިޔަވައި އެހެން ފިހާރަތައް އަންނަ ހަފުތާއިން ފެށިގެން ނުހުޅުވުމަށް ޖަރުމަނުން ވަނީ ނިންމައިފައެވެ. އަދި ހިދުމަތްދޭ ތަންތަނާއި ސްކޫލްތައްވެސް އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބަންދުކުރުމަށް ވަނީ ނިންމާފައިވެއެވެ.
ޖަރުމަނުގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އެގައުމުން ވަނީ މިދިޔަ ހުކުރު ދުވަހު އެކަނިވެސް 598 މީހުން ބަލިޖެހިގެން މަރުވެފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރު އެގައުމުން ވަނީ 20،200 ކޮވިޑް ކޭސް ފެނިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ